Friday, September 12, 2014

Five Minutes from my day remembering dedication of Nasira

I KNEW SHE IS NOT ORDINARY AND I WAS RIGHT – She became a favorite for all of us but now that she is gone by leaving her legacy.

One fine evening in 2002 I was waiting on our main door with my roomie and I saw a middle age woman crossing us, at the same time my friend raised his voice as “ Moya Nasiraa ” and went inside.

She changed his direction on me and asked “ Kale’ah ma keehkuree? It was fair asking because she didn’t do anything, however that question shouldn’t be focused on me but maybe I have my fault granted meanwhile I was with my friend and that’s how I got know about her.

Week later she came our place to buy some small empty yogurt bottles since we have kid in our place and that made me ask more about her from my sister. She explained, Nasira used to sell “ Rihaakuru” in those yogurt bottles for her living.

As my friend xeff says, it’s our nature to appreciate or show respect when someone passes. I am no exception, Now she became a favorite for all of us, mostly for the beggars on the road who is good in health and has way to raise for their foods but stays without any dedication.

Nasira worked her fingers to the bone for her living and her legacy will be a inspiration.

May Allah bless her.


Tuesday, December 24, 2013

ތިއްތަ

ކޮށްކޮ އައިޑީ ކަޑެއް ބަލަން ހުރެފާ މަރިޔަމް ހަސަން ކަލޭފާނު އޭއި ކާކުތޯ އެހިއެވެެ.އަޅުގަނޑު ނޭގެއޭ ބުނީމެވެ.ހަމަ ބުނުމާއެކު އަޅުގަޑަސް ސާބަަސް ދިނެވެ.އަދިއޭ " ތިއްތަ " އޭބުންޔެވެ.ތެދެކޭ އެނަންބުނުމުން އަޅުގަނޑަށް ނޭގުމަކީ މައްސަލައެކެވެ. އަދި އެނަން ހަދާންނެތެންވި ސަބަބެވެސް އޮވެގެންނުވާނެއެވެ.ނަމަވެސް އެބުންއްވި ނަމަކީ އަޅުގަނޑު ދުވަހަކު ކީނަމެއް ނޫނެވެ.އަބަދުވެސް އެނަމުގެ ބަދަލްގައި ކިޔާއުޅެނީ " ތިއްތަ" އެވެ.ސަބަބު ތަކެއްވެސް އަބަހުއްޓެވެ.މިދަންނަވާ ބޭކަބަލަކީ އަޅުގަނޑާ އައިލީ ގޮތުންވެސް ގުޅުހުންހުރި ބޭކަބަލެކެވެ.އެއްވުރެން ބޮޑަށް އެއީ އެންމެެންގެ ތިއްތައެވެ.އުރިހާ ބޭފުޅުނެްވެސް ކިއާ އުޅެނީ "ތިއްތަ" އެވެ.

ތިއްތަ އަޅުގަޑަށް މުހިންމުވަނީ ހަމަ އެކަނި އާއިލީ ގޮތަކުން ނޫނެވެ.ތަފާތު އެތަށް ގޮތަކުންނެވެ.ހާސަކޮން އަޅުގަނޑު ތައުލީމަށް މިކުރާ ދަތުރުގައި އެންމެ ކުޑަ އިރުއްސުރެން ހިއްވަރު ދެއްވާ ވާނުވާ ބަލާ ބޭކަބަލެއްގެ ގޮތުންނެވެ. ނޫންނަމަ އަބަދުވެސް އުންމީދީ މީހެއްގެ ގޮތުންނެވެ.

މިދެންނެވީ އަޅުގަނޑަށް ތިއްތަ މިހިންމުވި ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތަކެވެ.އަދި އެންމެ މިހިންމު ސަބަބު އޮތީއެވެ.ދެންއޮތީ އެންމެ މިހިންމު ސަބަބެވެ.އެއި ތިއްތައަކީ ތިރީހަށް ވުރެންގިނަ އަހަރު އަޅުގަނޑުމެނެގެ ރަށުގެ އެތަށް ކުދިންނަކަށް ގުުރުވާން އުގަންނައި ދެެއްވުމުގައި މަށަށްކާށް ކުރަމުންދާ ހިއްވަރުގަދާ އަނެހެން ބޭފުޅެކެވެ.ނަމަވެސް ހިތާމައަކީ އެބޭފުޅުންގެ އަގުވަޒަން މިހާތަނަށް އެއްވެސް ސިފައެއްގައި ނުކުރެވިފަ ހުރީމަަައެވެ. މިލިއުން ލިއަން މެދުވެރިވި އެންމެ ބޮނޑު ސަބަބަކީވެސް ފަރުދީގޮތުން އެކަމަނާ ކުރެއްވި އަދި ކުރަވަމުންގެންދާ އަގުހުރި މާތް އަދި އިލްމީ މަސަކަތައް ސުކުރުދެނުވެމުވެ.

އަޅުގަނޑުމެން ކުޑައިރު ދުވާލަކު މަދަވެގެން ދެފަހަރު ގުރުވާން ކިއަވަން ތިއްތަ ކައިރިއަށް ގޮސްހަދަމެވެ. ކިއެވުން ފެސެނީ އަޅުގަނޑުގެ މަންމައިން ފަތިހު ހަޅޭ ފަޅޭ ޖަހާފަ ކިއަވަން ދާހިސާބުންނެވެ. އަޅުގަނޑު ދާއިރު ތިއްތަ އަބަދުވެސް އިންނީ ބޮޑު ފަތިހާ ހޭލައެވެ.އާމު ދިރުއުޅުމުގައި ކުރަން ހުރި މަސައްކަތިގައެވެ. ނަމެވެސް ބަރާބަރަށް ކިއަވައި ދެމުންގެދެއެވެ. ފަތިހު އެެތަކެއް ކުދިންނަށް ބަދިގޭގައި އިދެގެން ކިއަވައި ދިނީ ކިތަށް ދުވަހުކަމެށް ދަންނވަނެް ނޭގެއެވެ. ނޫންނަމަ އަޅުގަނޑު ކަހަލަ ބޯހަރު އެތައް ކުދިންނަށް ކިއަވައި ދެމުން އަންދާ ނުލާ ފިހުނީ ކިތަށް ރޮށިކަމެއްވެސް ނޭގެއެވެ، ވިރުވާނުލާ އިސްތިރުކުރި ކިތަށް ހެދުންކަމެއް ދަންނަވާކަށް ނޭގެއެވެ. ބަލިވެ އުޅެމުން ކިއަވައި ދިނީ ކިތަށް ދުވަހުކަމެއްވެސް ނޭގެއެވެ.

ދަންނަވަން އެގޭ ހަަވެސް އެއްޗަކީ ތިއްތަ އަކި އެތަށް ދުވަހެއްވަންދެން ހިދުމަތްކުރި އަދި ހިދުމަށްކުރަމުންދާ ހިދުމައްތެރި އެކެވެ.މާތް މަސެއްކަތެއް ދިރުވަމުންދާ ހިދުމަތްތެރިއެކެވެ.އެތަށް ސަތޭކަ ކުދިންނަށް ކީރިތި ގުރުވާން އުގަންނައި ދެއްވި އަންހެން ބޭފުޅުނަށް ހުރި ނަމޫނާ ފަހުލަވާނެކެވެ.އެހެންކަމުން އެކަމަނާއަށް ފަރުދީގޮތުން އަދާކުރަންޖެހޭ ސުކުރު އަދާކުރަމެވެ.އަދި ތިކުރާ ބުރަ އަދި މާތް މަސައްކަތަށް ސާބަސް ދަންނަވެމެވެ.މާތް ﷲ ތިއްތަ ކުރަމުން ތި ގެންދަވާ މަސަތްކަތަށް ބަރަކާއް ލައްވާ އިތުރު ކާމިޔާބީއަށް އެދެމެވެ.އަދި ދުޅަހޮެޔޮ ސިއްހަތަކަށް އެދެމެވެ.   

Monday, April 15, 2013

ވާރެޔާފުށި އަލީ ހުސެއިން


މިއަދު އަޅުގަނޑުގެ އާދައިގެ ގަލަން މި ނެގީ ހަޤީގަތުގައިވެސް ވަރަށް ވަރުގަދަ ޝަޙުސިއްޔަތެއްގެ ވާހަކަ ލިޔުމުގެ ވިސްނުމެއްގަވެ. މީގެ އެތައް ދުވަހެއް ކުރިންވެސް ހަމަ މިވިސްނުމުގައި ، މިޚިޔާލުގައި، ދިވެހި ގުލްޒާރުގައި ގަލަމަކަށް ނުވާ އަޅުގަނޑުގެ މިގަލަން އެތައްކެއް ފަހަރު ނެގީމެއެވެ. ނަމަވެސް ހަމަ ލިޔަން ނުކެރިގެން ކޮންމެ ފަހަރަކުވެސް ބަހައްޓަނީ އެވެ. އެއްގޮތަކަށް ވެސް ބިރަކުންނޫނެވެ. އެބޭފުޅަކަށް ކުރާ ޤަދަރަކާއި އިޚްތިރާމެއްގެ ބޮޑުކަމުންނެވެ. މިހެން ދެންނެވިޔަސް މިލިޔަން އުޅޭ ބޭފުޅާއާއި ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ. މިހެންކަމުން މިއީ އަޅުގަނޑު ވަރަށް ބައްދަލުކޮށްލަން ބޭނުންވާ ޝަހުސިއްޔަތެކެވެ. އުންމީދަކި ބައްދަލުކޮށްލަން ލިބުމެވެ.

Sunday, July 22, 2012

ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...2

އަޅުގަނޑުގެ ފަހަތުން ކްލާހަށް ސޮރަކު އައިސް ވަންތަންފެނުނެވެ. ވީއުފަލެއްވެސް ނޭންގުނެވެ. އެއްގޮތަކަށްވެސް ނުބައި މާނައެއް ނުނަންގަވައްޗެވެ. ދަންނަ ރަހުމައްތެރިއެކެވެ. ކުރީގެ ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ އަގު ބަލަން ވަރަށް ޝައުގުހުންނަ ރަހުމަތްތެރިއެކެވެ. ފަހަރުގައި އުޅެފަހުރި ދާއިރާގެ ސަބަބުން އެޝައުޤު ހުންނަނީ ކަމަށް ވެދާނެއެވެ.

އެއީ އިބޫ އެވެ.މަޖާ މިޖާޒެއްގެ ރަޙުމަތްތެރިއެކެވެ. އަދި ގާތް މީހުންނާ ދިމާކޮށް ހެދުމުގެ ވެސް ނަމޫނާ އެކެވެ. ކޮންމެއަކަސް އަޅުގަނޑުމެން ދެމީހުންގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ހަމަ ޔަޤީނުންވެސް އައިސް ތިބި އެޑްވާންސް މެތްސް ކްލާހަކީ ދެމީހުންވެސް އިންތިހާ ދަރަޖައަށް ފޫހިވާ ކްލާހެކެވެ. ކުރުކޮށް ދަންނަވަންޏާމުން ކޮލެޖުން އެންމެ ފަހުވަގުތު ބޮލުގައި އެޅުވި ބޮޑު ދުއްތުރާއެކެވެ. މިހެން މިދެންނެވީ ކުރިން އެމާއްދާ ކިޔަވަން ޖެހޭނެ ވާހަކައެއް ނުބުނެއެވެ. ކޮންމެއަކަސް ކްލާހުގައި ލެކްޗާރ ކުރިއަށްގެންދާތީ ދެމީހުންގެ ވާހަކަތައް މަދުކޮށްލީމެވެ. ހިވާގޮތުން ކިތަންމެ ގިނައިރަކުވެސް ކިޔަވައި ދިފާނެއެވެ. ލެސަން ގެންދަނީ ނުހަނު ފޯރީގައެވެ.

Monday, July 16, 2012

މިގަލަމުން ތި ހަދާން ...

 
މިގަލަމުން ނޫންނަމަ މިދުލުން މާމަގެ ވާހާކަ ދައްކަން އޫޅޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. ގަލަމުގައި ދެލި ހުއްޓަސް، އަތުގައި ނުވަތަ ސިކުނޑީގައި އެ ހިއްވަރު ނެތިޔާމުން ކުރާނީ ކީއްތޯއެވެ. މާމާއެވެ. ހަމަ ޔަޤީނުންވެސް ތިޔަ ދިޔައީ އަޅުގަނޑުމެން ރޮއްވާފައެވެ. މާމަ ނެތުމުގެ އިހުސާސް އަޅުގަނޑުމެން ކުރަމުއެވެ. އަދި އަބަދުވެސް ކުރާނަމެވެ. ތިޔަހަދާނުގައި މި ލޯތަކުން ކަރުނައިގެ އަސަރު ތާ އަބަދުހުއްޓަކަސް، އަޅުގަނޑުމެން މާމައަށްޓަކައި އުފާކުރަމެވެ. ތިޔަ ދިޔައީ މާމައެއްގެ ވާޖިބު ވަރަށް ފުރިހަމަ ގޮތުގައި އަދާކޮށްފައެވެ. މިހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ ހަނދާންހުންނަން ފެށީންސުރެއް މާމައަކީ ދިނީ ކަންކަމަށް ލޯބި ކުރާ އަޅުކަމުގައި ވެސް އުޅުއްވި މާމަ އެކެވެ. ރައްޓެހިންނަށް ކާމޭހިތި މާމައެކެވެ. އަދި ރިވެތި އަޙްލާޤަށް ލޯބި ކުރި، އޫސޫލްތަކެއް ގެންގުޅުއްވައި އެ އުސޫލްތަކުގައި ހިފެހެއްޓެވި، ތިއައީ އަޅުގަނޑުމެންގެ މާމައޭ ބުނަަަނަން ފަޚްރުވެރިވާ މާމައެކެވެ. އެހެންކަމުން ކުރާނެ ޝަކުވާއެއް ނޫނީ ހާކާނެ ބޮޑަލެއް މިއަދަކު ނެތެވެ.

Tuesday, July 10, 2012

ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...1



ތައުލީމް ހާސިލްކުރުން ނުވަތަ ކޮލެޖް ގުރެޖްއޭޓްއަކަށް ވުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ކަމެކެވެ.ނޫންނަމަ ޒަމާނަށް ބަލަންޔާ ވާޖިބެކޭ ވެސް ބުނެވިދާނެއެވެ. ހަމަ އެއާއެކު ކޮލެޖްގައި ކިޔަވަމުން އެދާ ދުވަސްތަކަކާއި އެދިމާވާ އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. އަދި ޒަމާންތަކަކަށް އަޅުގަނޑުމެން ދައްކާނެ ވާހަކަތަކެކެވެ. ނޫންނަމަ އަޅުގަނޑުމެންގެ ދަރިން ނުވަތަ ކާފާ މާމަ ދަރިންނަށް ކިޔައިދޭން ރައްކާކުރާ ވާހަކަތަކަށް ބައެއްފަހަރު ވެފައިހުރެއެވެ. މިހެންދެންނެވިޔަސް އަޅުގަނޑު މިދެންނެވި ގޮތަށް ކަންތައްކުރާ ހިތެއްނުވެއެވެ. ސަބަބަކީ އަޅުގަނޑު މުސްކުޅިވުމުން ދުވަސްތައް ހޭދަކުރާ ހިތްއޮތީ ބަސްމަދުކޮށް އަދި އަމަލު ގިނަކޮށެވެ. އެއްވެސް ހާލެއްގައި ކާފަދަރިއަށް " އަނގަ ގަދަ ކާފަ ގަނޑެކޭ " ބުނުމުގެ ފުރުސަތު ދޭކަށް ގަސްތެއް ނުކުރަމެވެ.

އަޅުގަނޑަކީވެސް ކުޑައިރު ބައްޕަ ކިޔާދެއްވާ ވަހާކަތަކަށް ސަމާލުކަން ދޭމިހެއްކަމުން، ހިވާގޮތުގައި އަޅުގަނޑަށް ލިބޭ ކުދިން ގައިގަވެސް އެ ޝަޢުގުވެރިކަން ހުރެދާނެހެނެވެ. ސަބަބަކި އެބޭފުޅުން ބުނާހެން " އަލަގަހަކުން ކެޔޮނިރެއް ނުފާޅާނެއެވެ". ނޫންނަމަ ލިބޭ ކުދިންގެ ސިޔާސަކަމުން އެކުދިންނަށް ވާހަކައެއް ކިޔަދޭން އެދުމުން، ވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުންޑުގަނޑަށް ދާމައި ބޭލިޔަ ނުދިނުމުގެގޮތުންނާއި އެކުދިންނަށް އެވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުސްކުޅި އުމުރުގައި އަނބިކަބަލުން ކޮޓިރިއަށް ނުވައްދައިގެން ސިޓިންގްރޫމުގައި ނުވަތަ ގެއިންބޭރުގައި ނިދަަން ޖެހިދާނެއެވެ. މިހެން މިދެންނެވީ ގިނަފަހަރަށް އާންމުދިރިއުޅުމުގައިވެސް މިއުޅެނީ އެކަބަލުންގެ މޫޑް ހުންނަގޮތް ނޭގިގެންނެވެ. އެހެންކަމުން އަދި އުމުރުން ދުވަސްވީމަ ވާނެގޮތް ނުވަތަ ކޮއްލާނެވަރެއް ނޭންގޭނުންތޯއެވެ؟. ވުމާއެކު ކުރިން ދެންނެވި ސަބަބުތަކަކައްޓަކައި، ބަސްމަދުކޮށް އަދި އަމަލު ގިނަކުރުމުގެ ގޮތުން " އެކުދިންނާއި ދިމާވި ގޮތް " ކުރީބައިގައި ލިޔެލާނަމެވެ.

ބަސްބުނުމުގެ ކުރިން ބަހަކީ އަހަރުމެންގެ އަޅެކެވެ. ހަމައެއާއިއެކު ބަސްބުނުމަށްފަހު އަހަރުމެންނަކީ ބަހުގެ އަޅެކޭ ބުނާތީ އަހަމުއެވެ. އެހެންކަމުން ކޮލެޖް ކުދިންނާ ދިމާވީ މިހެން ލިޔަމުން ދާއިރު އެ ރަހުމަތްތެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކުރަން ގަސްތުކުރަނީ އެހެންނަމެކެވެ.

ފުރަތަމަ ދުވަހު ކޮލެޖަށް ވަދެގެން ދިޔައިރު ފުރަތަމަވެސް އަޅައިގަތީ ކުލަގަދަ ރިތީ ކަމެއްގައެވެ. އެކަން ވާނިީ ވެސް އެހެންނޫން ތޯއެވެ.ރީތި ހަމަ ރީތީ އެވެ. ކޮންމެއަކަސް ފުރަތަމަދުވަހު ކްލާހަށް ގަޑި ޖެހިގެން ދާކަށް ނުވާނުންތޯއެވެ. އެހެންކަމުން އަބަދުވެސް ހަދާހެން ރީތި ރީތި ގޮތުގައި ދޫކޮށްލާފައި ކްލާހަށް ދިއައީމެވެ. އެހާކުރިން ދިޔައިރުވެސް ކްލާހުގައި ސާޅީހަކަށް ކުދިން ތިއްބެވެ. ކްލާހަކަށް ކުރިއަކަށް ނާދެވުނެއްނޫންހޭ ހިތަށް އެރިއެވެ. އެއިރުގައި ލެކްޗަރާވެސް ހުރީ ކްލާހަށް ދުރުވެއެވެ. ލެކްޗަރާ ފެނިފައި ނަސީބެކޭ ހިތަށް އެެރިއެވެ. އެހެންހިތަށް އެރީ އެއްގޮތަކަށްވެސް ލެކްޗަރާއަކީ ފިރިހެނަކަށް ވީމައެއްނޫނެވެ. ލެކްޗަރާއަކީ ހަމަ އަންހެން ބޭފުޅެކެވެ. ނަމަވެސް ކުޑަތަންކޮޅެއް އުމުރުން ދުވަަަސްވެފައި ހުރީއެވެ. ނޫންނަމަ ޅައުމުރުހެން ލެކްޗަރާ ވެސް ހުރަހަކަށްވުން ހަމަގާތެވެ. ނަމަވެސް ނަސީބަކުން އެ ކުލާހަކީ މެތްސް ކްލާހެކެވެ. އެހެންކަމުން އެ ލެކްޗަރާ ހުރަހަކަށްވާނެ ހަމަ އެއްގޮތެއް ވެސް ނުހުންނާނެއެވެ. ސަބަބަކީ ފެށުނީއްސުރެއްވެސް މެތްސްއަކީ ހަމަ ބޮޑުވެގެންވާ ހަތުރެކެވެ. ކޮންމެއަކަސް ކްލާހުގެ އެންމެ ފަހަތުގައި ފޫހިކަމާއެކު ގޮސް އިށީނީމެވެ.

ވަށައިގެން ކްލާސްތެރެއަށް ބަލާލީމެވެ. ދަންނަ މީހަކު ފެންނާކަށްނެތެވެ. ނަމަވެސް ޤައުމު ކުދިން ތިބިހެންހީވެއެވެ. ލެކްޗަރާ ކިޔާ އެއްޗަކަށް ހަމަ އެއްގޮތަކަށްވެސް ސަމާލުކަންދެވޭ ވަރެއްނުވިއެވެ. މެތްސްއަކީ އެންމެ ކުރިންވެސް މަކަރު ހަދާ މާއްދައެކެވެ. އަދި ބޮޑުވެގެން މަކަރުހަދަން ދަސްވީމާ ކިހާ މަކަރެއް ހަދާލެވޭނެ ނޫންތޯއެވެ. ކޮންމެއަކަސް އަޅުގަނޑުގެ ފަހަތުން ކްލާހަށް ސޮރަކު އައިސް ވަތްތަންފެނުނެވެ. ވީއުފަލެއްވެސް ނޭންގުނެވެ. އެއްގޮތަކަށްވެސް ނުބައި މާނައެއް ނުނަންގަވައްޗެވެ. ދަންނަ ރަހުމައްތެރިއެކެވެ. ކުރީގެ ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ އަގު ބަލަން ވަރަށް ޝައުގުހުންނަ ރަހުމަތްތެރިއެކެވެ. ( ނުނިމޭ )

Friday, December 30, 2011

އަޅުގަނޑުގެ ގަލަމުން ؟ 203

 
އުފަންވީ ބަޑިބުރާސްފަތީ ގެ އަށް މަސްކުރިންނެވެ. އުމުރުން ވީދުވަހެއް ވިއެވެ. ބޭބެމެން އޭ ބުނާކަހަލަ ދުވަސްތައް ލޮލުން ދުށުމުގެ ފުރުޞަތު ލިބުނެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނަމަވެސް ތާރީޚުގެ ލިޔުންތައް ހޯދާބެލިފައި ހުރިވަރުން ދިވެހިންގެ ވާހަކަ ، ދިވެހިން އުޅުނު ގޮތް ، ދިވެހިންގެ ތަހުޒީބުގެ ވާހަކަތަކުގެ ވާނުވާ އިނގޭ ވަރުވާނެ ތޯއްޗެކެވެ. ނަމަވެސް ނޫސްވެރިއަކަށް ނުވަތަ ދިރާސާ ކުރާ މިހަކަށް ވާވާވަރު ވާނެއެކޭ ދަންނަވަން އަޅުގަނޑަށް ނުކެރޭނެއެވެެ. ނަމަވެސް ދެހާސް ތިރީހުގެ އަހަރު ތަކުގެ ތެރެއިން އަޅުގަނޑު ވެސް ދެކެން ބޭނުން ވާ ކަންތައްތަކެއް އެބަހުއްޓެވެ. ނުވަތަ ދެކެން ބޭނުން ވާ ހުވަފެން ތަކެއް އެބަހުއްޓެވެ. މާރޓިން ލޫދަރ ކިންގް ވެސް ހުވަފެން ތަކެއް ނުވަތަ އުންމީދު ތަކެއް ކުރިތާއެވެ. ހުވަފެންތަށް ތެދަކަށްވެސް ވިތާއެވެ.
އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގައި ނެތުމަކީ ތަޤުދީރު ދެއްތޯއެވެ ؟ އެއީ ދުނިޔޭގެ އެންމެން ދަންނަ ބޭފުޅެކެވެ. ދަންނަ ހުވަފެންތަކެކެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ވެސް ތަފާތު މީހުން ، ތަފާތު ޝަހުސިއްޔަތުން ް އުންމީދުތައްކޮށްފައި ހުންނާނެ ތާއެވެ. އަލްމަރުޙޫމް ނައިފަރު ދޮހޮއްކޮބެ އެއީ އެކަކެވެ. “ ނާސިރުގެ ވެރިކަން ވެސްދުށީމެވެ. ދެން އެންމެ ބޭނުންވާނީ މިނޫން ވެރިކަމެށް ދުށުމެވެ." ދޮހޮއްކޮބެ އެންމެ ދެކެން ބޭނުން ވާ ދުވަހެއް ހާމަ ކުރަމުން އޭރުގެ ވެރިކަމާ ދިމާލަށް ނިސްބަތްކޮށް ބުނިވާހަކަ އަޑު އެހީމެވެ. ހުވަފެން ތެދަކަށްވެއްޖެތާއެވެ. ކުރިން ބުނިހެން އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގާ ނެތުމަކީ ތަޤުދީރު ތާއެވެ. މިދެންނެވީ އަޅުގަނޑު ދެކޭ ގޮތުންނަމަ ބިނާކުރަނިވި ހުވަފެންތަކެއް ބެލި ބޭފުޅުންކޮޅެއްގެ ވާހަކައެވެ. އެހެން ކަމުން އަޅުގަޑަށްވެސް އުންމީދު ތަކެއް ކުރެވިދާނެތާއެވެ. ނުވަތަ ހުވަފެންތަކެއް ބެލިދާނެތާ އެވެ. މިދަންނަވާނީ އެއްގޮތަކަށްވެސް އަޅުގަނޑަކީ އެބޭފުޅުންނާ އެއްވަރުގެ މީހެކޭ ނޫނެވެ. މި ހަމަ އާދައިގެ ދިރިއުޅުމެށް އުޅޭ އާދައިގެ މީހެކެވެ. ނަމަވެސް މިވާހަކަތައް ބޭރު ކުރުމަށް ޝައުޤުވެރުވީތީ ބޭރުކުރެވޭތޯ ބަލާނަމެވެ. ފަހަރުގައި އެންމެ ޢިލްމީ ނުވެދާނެއެވެ. ބަހުގެ ހަމަތައް އެެންމެ ފުރިހަމަ ނުވަދާނެއެވެ.އެހެން ކަމުން މިކަންތައްތަކާއި މެދު ވިސްނާ ބޭފުޅުންގެ ފަރާތުން މަޢާފަށް އެދެމުން އަޅުގަނޑުގެ ލިޔުން ކުރިއަށް ގެންދާނަމެވެ.